އަތޮޅުތަކުން 73 މީހުން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވީ އަތޮޅުތަކުން 73 މީހުނންނާއި މާލެއިން 26 މީހުންނާއި ރިސޯޓުތަކުން 9 މީހުން ކަމަށެވެ. އަދި ލައިވް ބޯޑުތަކުން 3 މީހުންނާއި ތަރައްގީވަމުން އަންނަ ރަަށްތަކުން 13 މީހުން ކަމަށެވެ.

މިއާއެކު މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 124 މީހުން ނެވެ.

ރާއްޖޭގައި ކޮވިޑު ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު މަތިވަމުން ދިއުމަށް ފަހު، މި އަދަދު މިހާރުވަނީ މަދުވާން ފަށާފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 74،848 އަށް މިހާރުއަރާފައިވާ އިރު، 71،758 މީހުން ވަނީ ކޮވިޑު ބަލިން ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 22 މީހުންނަށް މިވަގުތު ފަރުވާ ދޭ އިރު، ކޮވިޑުގައި ރާއްޖެއިން 213 މީހުން ވަނީ މަރުވެފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 5،048 ސާމްޕަލް ވަނީ ނަގާފަ އެވެ.