އުރީދޫ މޯލްޑިވްސްއަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ލިބިއްޖެއެވެ.

އުރީދޫ މޯލްޑިވްސްއަށް ބައިނަލްއަޤްވާމީ އެވޯޑް ލިބިފައިވަނީ 17 ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިންނާއި، އޭޝިއާ ޕެސިފިކް އެވޯޑްސްއިންނެވެ.

17ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން އުރީދޫއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި:

ގޯލްޑް ސްޓީވީ - ކޮންޕެނީ އޮފް ދަ އިޔަރ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)

ސިލްވަރ ސްޓީވީ - މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔަރ ( 2500 މުވައްޒަފުނާއި ހަމައަށް)

ބްރޮންޒް ސްޓީވީ - މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)

ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް

އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި

:ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސްގޯލްޑް ސްޓީވީ

- އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސްސިލްވަރ ސްޓީވީ

- އެވޯޑް ފޮރ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ

މި އެވޯޑްތައް އުރީދޫ މޯލްޑިވްސްއަށް ލިބުމާއިގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަންސް ކުންފުނީގެ އެވޯރޑް ލިބުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެތަކެއް އީޖާދީ ޚިދުމަތްތަކެއްވެސް އުރީދޫއިން ވަނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްދީފައިކަމަށް އޭނާ ވިދާޅުވިއެވެ.