ޅ. ނައިފަރު މޮނިޓަރިންގ ހާލަތުން ނަގައިފި އެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އައުމުގެ ސަބަބުން މޮނިޓަރިންގ އަށް އެރަށް ލުމަށްފަހު، އެ ހާލަތުން ނަގާފައި މިވަނީ ހަތަރު މަސްދުވަހަށްފަހު އެވެ.

ކޮވިޑުގެ ހާލަތު އަތޮޅުތަކުން އެންމެ ގޯސްވި އެއް ރަށުގެ ތެރޭގައި ނައިފަރު ހިމެނޭ އިރު، އެރަށަށް މޮނިޓަރިންގ އަށް ލާފައިވަނީ މާރޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ނައިފަރުން މިހާތަނަށް 921 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެރަށުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވަނީ 4 މީހުން ނެވެ.