އަފްޣާނިސްތާނާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ސަރަހައްދު ހުރަސް ކުރާ މަރުކަޒުތައް ތާލިބާންގެ އަތްދަށަށް ހިނގައްޖެއެވެ.
މިއަދު ހެނދުނާ ހަމައަށް ތާލިބާންގެ އަތްދަށަށް އަދި ގޮސްފައި ނުވަނީ ސަރަހައްދު ހުރަސްކުރާން އޮންނަ އެންމެ ޕޮއިންޓެއް އެކަންޏެވެ. އަފްޣާން ރޭޑިއޯއިން ބުނާ ގޮތުގައި ތާޖިކިސްތާނާއި ޕާކިސްތާނާއި ޗައިނާއާއި ތުރުކުމާނިސްތާންގެ ސަރަހައްދުތައް މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ތާލިބާނުންނެވެ. މިތަންތަނުގެ އިތުރުން އެންމެ ފަހުން ތާލިބާން އަތްދަށަށް ދިޔައީ އީރާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ސަރަހައްދީ ޕޮއިންޓެވެ.
ތާލިބާނުން އަފްޣާނިސްތާންގައި ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންނަމުންދާއިރު ރަޝިޔާ ސަރުކާރުން ވަނީ އިއްޔެ ދައުވަތު ދީގެން ތާލިބާންގެ ވަފްދެއް މޮސްކޯއަށް ގެންގޮސްފައެވެ. ތާލިބާންގެ ތިން މެމްބަރުންގެ ވަފްދެއް އިއްޔެ މޮސްކޯއަށް ފޭބުމާއެކު ރަޝިޔާގެ ރައީސްގެ މަންދޫބު، ޒަމީރު އަހުލޯފް ވަނީ ތާލިބާން ވަފްދާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.
ކާބުލްގައި އަފްޣާނިސްތާންގެ ކުރީގެ ރައީސް ޙާމިދު ކަރްޒާއީ ވަނީ ޖަރުމަންވިލާތުން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރާވެސް އިއއްޔެ ބައްދަލު ކުރައްވާފައެވެ.