ޕާކިސްތާން ގެ ބޮޑު ވަޒިރު އިމްރާން ޚާން ނިޔާޒީއަށް ބޮޑު ބޭބެ ކިޔާ މީހަކާ ދެކޮޅަށް ބަލޯޗިސްތާންގެ ކުރީގެ ލީޑަރުގެ އަނބިކަނބަލުން މައްސަލަ ހުށަހަޅުއްވައިފިއެވެ.
ގާނޫނީ ވަކީލު ޙައްސާން ނިޔާޒީއާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ޝަހީދު އަކްބަރު ބުގުތީގެ ހުވަފަތް އަނބިކަނބަލުން ޝެހެޒާދީ ނަރްގިސްއެވެ. ގަރްގިސް ވިދާޅުވި ގޮތުގައި ނިޔާޒީ ވަނީ އޭނާއާއި އޭގެ ފިރިކަލުންނަށް ހުތުރު ބަހުން ކޯޓުގައި މުޚާތަބު ކުރައްވައި އޭނާއަށް ހަމަލަ ދެއްވައި ހެދުން ވީއްދަވައި ހައްދަވާފައެވެ. ނިޔާޒީއާއެކު އޭނާގެ ރައްޓެހި ހަތަރު ވަކީލަކުވެސް މިމޖަރީމާގައި ޝާމިލުވާކަމަށް ވިދާޅުވިއެވެ. އަންހެނަކާ ދެކޮޅަށް އަނިޔާވެރި އަމަލު ހިންގުމުގެ ކުށްވެސް އޭނާއާ ދެކޮޅަށް ހުށަހަޅާފައި ވެއެވެ.
ޝެހެޒާދީ ނަރްގިސްގެ ފިރކަލުން އަކްބަރު ބުގުތީއަކީ ބަލޯޗިސްތާނަށް ޕާކިސްތާން ސަރުކާރުން ހައްގު މިންވަރު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ލީޑަރެކެވެ. އޭނާއަކީ ބަލޯޗިސްތާންގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ކުރީގެ ގަވަރުނަރެކެވެ.
ޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް ބަލޯޗިސްތާނަށް ސިފައިން ފޮނުވައިގެން ދިން ޙަމަލާގައި އަކްބަރު ބުގުތީގެ ގަޔަށް ބަޑިޖަހައި އަވަހާރަ ކޮށްލީއެވެ.
އަކްބަރު ބުގުތީއާއި އާއިލާއަކީ ބަލޯޗިސްތާނު ޕާކިސްތާންގެ ދަށުން މިނިވަން ކުރުމަށް މަސައްކަތް ކުރާ ބައެކެވެ.