މުލިއާގެ ކައިރިޔަށް ދިޔަ ދެމީހަކު، މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އެމީހުންގެ އަތުގައި ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މުލިއާގެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އަދި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.