ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްގެ 6 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައީސް، ނައިބުރައީސް، ސެކްރެޓަރީ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް އަދި އެކްސްކޯ މެންބަރުގެ 2 މަޤާމަށެވެ.މި މަޤާމްތަކަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އީމެއިލް މެދުވެރިކޮށް މަޤާމްތަކަށް އެދި ހުށަހެޅޭނެ ކަަމށް ގެސްޓްހައުސް އެޗޯޝިއޭޝަނުން މައުލޫމާތުދެއެވެ.

މި މަޤާމްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ސެޕްޓެމްބަރ މަހާއި ހަމައަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ގޯލްޑް މެންބަރޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވުމާއި، ގެސްޓްހައުސް އެސޯސިއޭޝަން ތަމްސީލްކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވާން ޖެހެއެވެ. މީގެއިތުރުން ތަމްސީލްކުރާ ގެސްޓްހައުސްގެ މުއްދަތު ހަމަނުވާ ޓޫރިޒަމް ލައިސަންސައެއް އޮތުމާއެކު 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ.

.