ޗައިނާއިން ޓިބެޓް މީހުން ބޭނުންކޮށްގެން އުސް ފިނި ފަރުބަދަ މަތީ ސަރަހައްދުތަކުގައި ހަނގުރާމަ ކުރުމަށް ފައުޖެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ޓިބެޓުން މީހުން ލައިގެން ފްރޮންޓިއާ ފައުޖުގެ ނަމުގައި ފިނި އުސްފަރުބަދަތަކުގައި ހަނގުރާމަކުރާ ލަޝްކަރެއް އިންޑިއާއިން ގެންގުޅެއެވެ. ޗައިނާއާއެކު އެންމެ ފަހުން ދިމާވި ހަމަނުޖެހުންތަކުގައިވެސް އިންޑިއާގެ މި ފައުޖުގެ މީހުން ޗައިނާ އަތުން މަރުވެފައި ވެއެވެ.
ޗައިނާއިން ވަނީ ޓިބެޓް ފައުޖު ތަމްރީނު ކުރާކަން ދެއްކުމަށްޓަކައި ބައެއް ފޮޓޯތައް ފާއްދާލާފައެވެ.
ޓިބެޓްގެ ގިނަ މީހުންނަކީ ޗައިނާއިން އެމީހުންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ ދެކޮޅުވެރިކަމުގެ ސަބަބުން ޗައިނާއަށް ހިތް ހެޔޮ ބައެއް ނޫނެވެ. ޓިބެޓްގެ އާބާދީއަށް ބަދަލު ގެނަސް ޗައިނާ ވަންތަ ގޮތަށް އެމީހުންގެ ދީނީ ސަގާފީ ކަންކަން ބަދަލު ކުރުމަށް ޗައިނާއިން މަސައްކަތް ކުރެއެވެ.