ބެލްޖިއަމް އިން ބުނެފައި ވަނީ އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ގަބޫލުކުރާ ކަމަށެވެ. ކޮވިޝީލްޑަކީ، އެސްޓްރާޒެނެކާއާއި އޮކްސްފޯރޑް ޔުނިވަރސިޓީން ގުޅިގެން ތަރައްގީކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިން އުފައްދާފައި ވަނީ ޕޫނޭގައި ސެރަމް އިންސްޓިއުޓް އޮފް އިންޑިއާއިން ނެވެ.
ބެލްޖިއަމް ސަރުކާރުގެ މިނިންމުން ނިއުދިއްލީގައި އިޢްލާން ކުރީ ބެލްޖިއަމް އެމްބަސީންނެވެ.
މިހަފްތާގައި ނެދަރލެންޑްސްއިންވެސް ވަނީ ކޮވިޝީލްޑް ގަބޫލުކުރާ ކަމަށް އިޢްލާން ކޮށްފައެވެ.
ނޭޕާލާއި ބޫޓާނާއި ރާއްޖެއާއި ބަންގްލަދޭޝް އަދި އިންޑިއާއަކީ މި ސަރަހައްދުގައި މި ވެކްސިން ބޭނުންކޮށްފައިވާ ގައުމުތަކެވެ.