ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 55 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ނެގި 4580 ސާމްޕަލުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ 55 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 25 މީހުންނާއި އަތޮޅުތަކުން 20 މީހުން އަދި ރިސޯޓުތަކުން 10 މީހުން ކަމަށެވެ.

އެކްޓިވް ކޭސްގެ ޢަދަދު 2801 ގައި ހުރި އިރު، ރާއްޖެއިން ކޮވިޑު ޖެހިފައިވާ މީހުންގެ ޢަދަދަކީ 74،903 އެވެ. އަދި 71،877 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 26 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ. މި ބަލީގައި ރާއްޖެއިން ކޮވިޑު ބަލީގައި 213 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ސަބަބުން ކޭސްތައް ވަނީ މަދުވެފަ އެވެ. އަދި އޭގެ ސަބަބުން މިހާރުވަނީ ބޮޑެތި ލުއިތަކެއް ވެސް ދީފަ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލުމާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި އިންޑައިނިންގ ގެ ޚިދުމަތް ދޭން ހުއްދަ ދިނުން ހިމެނެ އެވެ. އަދި ކުޅިވަރު މައިދާންތަކަށް ވަދެވޭނެ ވަކި ޢަދަދެއް ކަނޑައަޅާ އެފަދަ ތަންތަން ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.