ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން ފުރަން ދިޔަ ޓޫރިސްޓެގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ވީއައިއޭ އިން ފުރަން ދިޔަ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް މިއަދު ހެނދުނު ފެނިފައިވާ މައްސަލައެއް ފުލުސް އިދާރާއަށް ހުށަހެޅުމުން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.
ވަޒަންތައް ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ނަމިބިއާ ގެ ފަތުރުވެރިއެއްގެ އަތުން ކަމަށާއި، އެމީހާއަކީ 60 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށް ވެސް ބުނެފައިވެއެވެ.