ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރު ކޮށްފިއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ތުހުމަތުތައް ކޮށް އިތުރު ދައުވާތަކެއްވެސް އުފުލާފައިވެއެވެ.

ކަރެކްޝަންސް އިން ބުނީ މީޑިއާ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހާޒިރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ނުބުނެއެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީން ޕޮލިހަށް ހާޒިރު ކުރީ ބަޔާނަތަކެއްގައި ސޮއި ކުރެއްވުމަށް ކަމަށެވެ.