މާލޭގައި މީހަަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ލިބިފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދަން އައިސްފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް މިރޭ 11:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
މާލޭގައި ތޫނު އެއްޗަކުން ހަަމަލާ ދިން އިރު އައްޑޫސިޓީގައިވެސް މިރޭ ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.
މީގެއިތުރުން މިރޭ ށ. ފޯކައިދޫގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.
ފުލުހުންދަނީ މައްސަލަތައް ތަހުޤީގުކުރަމުންނެވެ.