މާލޭގައި ރޭ މާރާމާރީއެއް ނުހިނގާ ކަމަށާއި ރޭ މީހަކު ޒަހަމްވެފައި ވަނީ އެ މީހާގެ އަނބިމީހާގެ އަތްދަބަހުގައި އޮތް ކަޓަރަކުން ކަމަށް އަނިޔާވި މީހާ ބުނެފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރޭ އަނިޔާވީ ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެވެ.

ފުލުހުން މިއަދު ބުނީ އެއީ ވަޅީގެ ހަމަލާއެއް ނޫން ކަމަށް އަނިޔާވި މީހާ (އިބޫ) ވިދާޅުވާ ކަމަށެވެ. އޭނާ އަށް އަނިޔާވި ކަން ފާހަގަވީ، އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އިބޫ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.