މިވެސް އެމެރިކާގައި ހިނގިކަމެކެވެ. ފެންވަރު މަތީ ޓެކްނޮލޮޖީއާ ކަންކަން ހަވާލުކޮށްލާފައި މަސްއޫލުވެރިން ބަލާ ނުލާނަމަ ޅައެއްޗެހި އެޅޭ ތަން މިއޮތީ ފެންނާށެވެ.

އެމެރިކާގެ ޓެނެސީ ސްޓޭޓްގެ އަވަށަކުން ޖޭން ޑޮޑް ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ޑްރައިވިންގ ލައިސެންސް އައުކުރަން ގޮސް މަސްއޫލުވެރިން ބޭނުންވި މަޢްލޫމާތު ދީ، ފޮޓޯ ނަގައިފައި ގެއަށް އައެވެ.

ޑްރައިވިންގ ލައިސެންސް އައުކޮށްފައި އޭނާގެ ގެއަށް ޕޯސްޓުން ފޮނުވި ލައިސެންސް (ފޮޓޯގައި) މިހިރަ ފެންނަނީ އެވެ.

ޖޭންގެ މޫނުގެ ބަދަލުގައި ފޮޓޯގައި ހުރީ ހުސް ގޮނޑިއެކެވެ. އޭނާ ލައިސަންސް ހަދައިދޭ އިދާރާއަށް ގޮސް މިކަން އެމީހުންގެ ސަމާލުކަމަށް ގެނައުމުން އެނގުނީ އޭނާގެ ފޮޓޯގެ ބަދަލުގައި ފައިލްގައި އޮތް އެންމެ ފަހުގެ ފޮޓޯ ޖަހާފައި ލައިސެންސް ޕްރިންޓް ކުރެވުނީ ކަމަށެވެ.

ކޮރޯނާއިން އެންމެން ވެސް ޑިޕްރެސްވެފައިިވާ ޒަމާނެއްގައި މީހުންނަށް މިކަންވީ ހެއްވާ ކަމަކަށެވެ. ސީއެންއެންއަށްވެސް މިވީ މަޖާ ސްޓޯރީއަކަށެވެ.

ޑްރައިިވިންގ ލައިސަންސް ހަދައިދޭ އިދާރާއިން ފަހުން ބުނެފައިވަނީ މިމައްސަލާގައި އިދާރީ ގޮތުން ފިޔަވަޅު އަޅައި މި މައްސަލަ އެތެރެ އެތެރެއިން ނިންމާފައިވާ ކަމަށެވެ.