ދިވެހިރާއްޖޭގެ ކަނޑުތަކާއި، ކަނޑުގެ ދިރުންތަކާ ގުދުރަތީ ވަސީލަތްތައް ވަކި އުސޫލެއްގެ ދަށުން ދިރާސާ ކުރުމާ ގުޅޭ ޤަވާއިދެއް އެކުލަވާލައިފިއެވެ.
މިނިސްޓްރީއޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ތަންފީޒުކުރަމުންއަންނަ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގެ ދަށުން ހަދާފައިވާ މި ޤަވާއިދު އެކުލަވާ ގެޒެޓްކޮށް މިހާރުވަނީ މި ޤަވާއިދަށް ޢަމަލުކުރަން ފަށާފައެވެ.
މި ޤަވާއިދު އެކުލަވާލުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރާ ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި، މަސްވެރިކަމަކާއި މަސްވެރިކަމާއި ގުޅުންހުރި ދިރާސާތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކުގެ ތަރަހައިގެ ތެރެއިން ކުރިއަށްގެންދާ ދިރާސާތަކަށް ހެދުމަށް މަގުފަހިކޮށްދިނުން ކަަމަށް އެ ޤަވާއިދު ބުނެއެވެ.
މި ޤަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރާ ދިރާސާތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މި ޤަވާއިދުގެ ދަށުން ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި ދިރާސާ ހެދުމަށް ހުއްދަ ދޫކުރަނީ އެއް އަހަރުގެ މުއްދަތައް ނަމަވެސް، ދިރާސާ އިތުރަށް ކުރިއަށްގެންދަން ބޭނުންވާ ޙާލަތްތަކުގައި އެ މުއްދަތު އިތުރުކުރެވޭނެ ގޮތްތައްވެސް ޤަވާއިދުގައި ހިމަނާފައިވެއެވެ. ހިމަނާފައިވެއެވެ.
މި ޤަވާއިދުގައިވަނީ ދިރާސާގައި އެއްކުރާ މަޢުލޫމާތު ރިޕޯޓް މިިނިސްޓްރީއަށް ދޭންޖެހޭނެ ކަމަށާ ދިރާސާކުރުމަށް ހުއްދަ ދޫކޮށްފައިވާ ބާވަތްތައް ފިޔަވައި އެހެން ތަކެތި ނެގުމާ ހުއްދައިގައި ބަޔާންކުރާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ދިރާސާގެ މަސައްކަތް ކުރިއަށްގެންދިއުމުގެތެރޭގައި ސަޤާފީ ތަރިކަކަމަށް ބެލޭވޭ އެއްޗެއް ފެނިއްޖެނަމަ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކަށް އެކަން އަންގަން ޖެހޭނެއެވެ
މި ޤަވާއިދުގައި ބުނާގޮތުން . މި ޤަވައިދާ ޚިލާފަށް ކަމެއްކޮށްފިނަމަ އެކަމެއް ބެލެވޭނީ ކުށެއްގެ ގޮތުގައި ކަމަށްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެފަރާތެއް ޖޫރިމަނާވެސް ކުރާނެއެވެ.