ށ. މަރޮށިން ޑިންގީއެެއްގައި ނިކުތް މީހުން ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

މަރޮށިން ގެއްލުނު ޑިންގީގައި ތިބީ ކުޑަ ދެ ކުދިންނާއި 18 އަހަރު މަތީގެ ދެ މީހެކެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ އެމީހުން މިހާރު ފެނިފައިވާ ކަމަށާއި އެގޮތުން އެ ރަށު ޑިންގީއަކަށް އެމީހުން ނަގާފައިވާ ކަމަށެވެ. އަދި އެމީހުން ހާލު ރަނގަޅު ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.