ދުބާއީގައި ބާއްވާ "އެކްސްޕޯ 2020"ގައި ދިވެހި ވިޔަފާރިތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދުބާއީގައި މިއަހަރު ބޭއްވުމަށް ހަމަޖެއްސި "އެކްސްޕޯ 2020" ކޯވިޑް 19ގެ ޙާލަތާއި ގުޅިގެންފަސްކުރުމަށް ފަހު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 1އިން، 31މަރޗް 2022 އަށެވެ.

6 މަސްދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބައިވެރިވެއެވެ. މިނިސްޓްރީ އޮފް އިކޮނިމިކް ޑީވެލޮޕްމަންޓުން މިހާރު ވަނީ ދިވެހިރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް މި އެކްސްޕޯގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައެވެ.

މިއީ ދިވެހިންގެ އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 28ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، [email protected]އަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުވުމަށްވަނީ އެދިފައެވެ. އެކްސްޕޯ އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ނޮވެމްބަރުމަހުގެ 1ވަނަ ދުވަހުއެވެ.