ވަކި މައްސަލައެއް ތަހުގީގު ކުރުމަށް އަދި ވަކި މައްސަލައެއް ތަހުގީގު ނުކުރަން ފުލުހުންގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަަށް އެ އިދާރާއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިމިވަނީ ފާޅުގައި ލާދީނީ ކަންކަމަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ހަމަހަމަ އުސޫލުން ގާނޫނުގައިވާ ގޮތުގެ މަތިން ތަހުގީގު ނުކުރަނީ ސިޔާސީ ނުފޫޒެއް އޮވެގެންތޯ ނޫސްވެރިއަކު ފުލުހުންގެ ވަޓްސްއެޕް ގްރޫޕްގައި ކުރި ސުވާލަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާއި ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް އެހެނިހެން މައްސަލަތަކާއި އެއްގޮތަށް ތަހުގީގުކޮށް އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަަށެވެ.
އަދި ވަކި މައްސަލައެއް ތަހުގީގު ކުރުމަށް އަދި ވަކި މައްސަލައެއް ތަހުގީގު ނުކުރަން ފުލުހުންގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަަށެވެ.