ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި އެވެ.
އޭސީސީ އިން ވަނީ ހެލްތު މިނިސްޓަރާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ.އޭގެތެރޭގައި، އެ މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް އާއި އެހެން ވެސް އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ޕީޖީ އޮފީހުން ބުނީ އެކަމުގެ ތަފްސީލް މިއަދު މެންދުރު ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަަމަށް ވެސް އެ އޮފީހުން ބުންޏެވެ. (ތަފުސީލް އަންނަނީ)