ކޮވިޑް-19އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވެންސް ގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް -19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކާއި، އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކާއި، މުސާރަ އިން އުނިކޮށްފައިވާ ފަރާތްތަކުގެ އިތުރުން ނޯޕޭ ލީވްއަށް ފޮނުވާފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވެންސް އާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 106 މިލިއަން ރުފިޔާ، 9,989 ފަރާތަކަށް ވަނީ ދޫކޮށްފައެވެ.

ކޮވިޑާ ގުޅޭ ކަންކަމަށް ސަރުކާރުން ކުރި ޚަރަދު މިހާރު ވަނީ 2.3 ބިޔަން ރުފިޔާ އަށް އަރައިފަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރަު ނިމެންދެން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ނިންމާފައެވެ.