ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތް ތައް ހަރުދަނާކޮށް ޒަމާނީކުރުމަށް ޤާއިމްކުރާ ޤައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ގާނޫނުގެ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ ގަވަރްނަރް އަލީ ހާޝިމް ވިދާޅުވީ ޕޭމަންޓް ސިސްޓަމް ރާއްްޖެއަށް ގެނެސް، ރާއްޖެއާ ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށާ ޤައުމީ މިހާރު މިފަދަ ސިސްޓަމެއް ރާއްޖޭގައި ޤާއިމްކުރެވުން ލަސްވެފައިވެސް ވާކަމަށެވެ.
ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލަކީ ރާއްޖެއާއި ރާއްޖޭއިން ބޭރަށް ފަސޭހަކަމާއެކު ބޭންކު މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމުގެ ޚިދުމަތް ލިބިގެންދާނެ ނިޒާމެކެވެ.
ގަވަރުނަރު ވިދާޅުވީ މިއީ ވަރަށް ރައްކާތެރި މާލީ މުޢާމަލާތްކުރެވޭނެ ނިޒާމެއްކަމަށާ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސްމި ނިޒާމް ބޭޏުންކުރަމުން އަންނަކަމަށެވެ. މިހާތަނަށް މިސިސްޓަމް ރާއްޖޭގައި ޤާއިމްކުރުން ލަސްވީ ކޯވިޑް-19އާ ގުޅިގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ބޭރުގެ މާހިރުންގެ ޓީމް އައުމުގައި ލަސްތަކެއް ވުމުގެ ސަބަބުންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމުގެ ކޮންޓްރެކްޓްގައި އަންނަ ހަފްތާގައި ސޮއިކުރެވޭނެކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.