އައްޑޫސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އައްޑޫސިޓީ ހިތަދޫގައި 2 ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާއިރު މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހާގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވާއިރު، އެމީހާގެ ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވާކަން ފާހަގަކުރެވެއެވެ. ހައްޔަރުކުރި މީހާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.