އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައެޅުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ނުފޫޒު ބޭނުން ކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު، އޭސީސީން ކުރިއަށްގެންދާ ތަހުޤީޤުތަކުގެ ފެންވަރު ދަށްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅުގައި މެމްބަރު ޙަސަންޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންގާރަ ދުވަހު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ވަކި ކުރަން އެދި ހުށައަޅުއްވާނެ ކަމަށެވެ.
މެމްބަރޔ ހަސަންޓޭގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވެސް ވަނީ އޭސީސީގެ މެމްބަރުން ވަކި ކުރަން ހުށަހަޅާނެ ކަަމަށް ވިދާޅުވެފައެވެ.
"އޭސީސީ އަށް އިތުބާރެއް ނެތް. [މެންބަރުން] ވަކި ކުރަން ހުށަހަޅާނަން،" މީކާއިލް ވިދާޅުވި އެވެ.