މުޅި މާލެއިން މިއަދު ކަރަންޓު is ކެނޑިއްޖެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޅި މާލެއިން މިއަދު ކަރަންޓުކެނޑިފައިވާ ކަމަށާއި އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށައި މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ވާނެ ކަމަށެވެ.
އަދި ބުނީ މިހާރު ހިނގާ މުހިންމު މަސައްކަތް ކުރިޔަށްދާއިރު މިއަދު އަދިވެސް ކަރަންޓު ކެނޑިދާނެ ކަމަށެވެ.
ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ކުރިން ވަނީ ކަރަންޓު ކުންފުނިން އިއުލާންކޮށްފަ އެވެ.