ފުވައްމުލަކު ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު މިސްކިތް މަގު އަވަށުގެ ލަކީ ސްޓާ ގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑިއެފްގެ ރެސްކިއު ޓީމުން ހަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަަމަށެވެ.

އެ ގޭގެ ބަދިގޭގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:32 ހާއިރުއެވެ.

މި ހާދިސާ ހިނގާފައިވަނީ ތެޔޮ ތާހެއް ތެލުލައި ނިންމާފައި ސުތުލި ގޯންޏެއްގެ މަތީގައި ބެހެއްޓުމުން ގޯނީގައި އަލިފާން ރޯވެ ކައިރީގައި ހުރި ހަނޑޫ ބާލިދީއެއްގައި އަލިފާން ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.