މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ، އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 5:23 ގައި އަލިކަލޭގެފާނު މަގުގައި ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ކުރިމަތީގައި ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.