މިއަދު ވެސް ގިނައިން ޕޮޒިޓިވް ވީ އަތޮޅުތަކުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ 122 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެއިން 24 މީހުންނާއި ރިސޯޓުތަކުން 17 މީހުންނާއި އަތޮޅުތަކުން 81 މީހުން ނެވެ.

މިއާއެކު ރާއްޖެއިން 76،454 މީހުން ޕޮޒިޓިވް ވެފައިވާ އިރު، 73،637 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަނީ 11 މީހުންނަށެވެ.

ފާއިތުވި 24 ގަޑި އިރު 6،072 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 2،587 އެވެ.

މި ބަލީގައި ރާއްޖެއިން 218 މީހުން ވަނީ މަރުވެފަ އެވެ.