އެމްޑީޕީގެ ވިޕްލައިނުން ބޭރުންވެސް ހެލްތު މިނިސްޓަރު އަބުދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ދުރު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، މިނިސްޓަރު އަމީންގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލައިގައި، އަމީން މަގާމުން ވަކިކުރުމަށް އިތުބާރު އޮތްތޯ ބެލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި މިއަދު ނެގި ވޯޓުން، އޭނާ މަގާމުން ވަކިކުރަން ފާހެއް ނުވި އެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވަޓްސްއަޕް ގްރޫޕުގައި ނަޝީދު ވިދާޅުވެފައިވަނީ ކޮންމެ ގޮތަކުންވެސް އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށެވެ. އަދި ވިޕްލައިނާ ހިލާފް ވެގެން ފިޔަވަޅު އަލާ ކޮމިޓީން ފިޔަވަޅު އަޅައިފިނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށާއި، ނަމަވެސް އަމީންގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މި މައްސަލައިގައި ވަޓްސްއަޕް ގްރޫޕުގައި ވަނީ މައްސަަލަ ހޫނުވެފައެވެ.