ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށް އެ ނިންމުމާ ދެކޮޅު ހަދާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ގަރާރުގައި ސޮއި ކޮށްއެމްޑީޕީގެ ޕީޖީގެ ނިންމުމާ ދެކޮޅަށް އަމީންގެ މައްސަލަ މަޖިލީހަށް ހުށައަޅާފައެވެ. އަމީން ވަކިކުރުމުގެ މަސައްކަތުގައި އިސްކޮށް ތިބީ މިއަދު އޮތް ޕީޖީ ބައްދަލްވުމުގައި އަމީން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވި މެންބަރުންނެވެ.

އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލްވުމުގައި އަމީނަށް އިތުބާރު އެބައޮތް ކަމަށް 31 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ.

އެމްޑީޕީގެ ޕީޖީގެ ނިންމުމާއި ދެކޮޅަށް އަމީންގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގައި ރައީސް ނަޝީދު އިސްކޮށް ހުންނެވި ކަމަށްބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

އަމީންގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި މެންބަރުން

އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާ

އަހުމަދު ހަލީމް - ބިލެއްދޫ ދާއިރާ

ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ

އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު ދާއިރާ

އިލްޔާސް ލަބީބް - ހުޅުމީދޫ ދާއިރާ

ހިސާން ހުސައިން - ތުޅާދޫ ދާއިރާ

ހަސަން އަފީފް - ވިލުފުށި ދާއިރާ

ހުސައިން ފިރުޝާން - މަޑަވެލި ދާއިރާ

އަހުމަދު ޒާހިރު - ގައްދޫ ދާއިރާ

އިބްރާހިމް ރަޝީދު - މާފަންނު މެދު ދާއިރާ

އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ

މުހައްމަދު ވަހީދު - އުނގޫފާރު ދާއިރާ

މުހައްމަދު ރަޝީދު - މައްޗަށްގޮޅީ އުތުރު ދާއިރާ

މޫސާ ސިރާޖް - ފޮނަދޫ ދާއިރާ

މީކާއީލް އަހުމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ

މުހައްމަދު ރަޝީދު - ފުވައްމުލަކު އުތުރު ދާއިރާ

ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު

އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ

މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ

ހަސަން އަހުމަދު - އިނގުރައިދޫ

ހަސަން ޒަރީރު - މަތިވެރި ދާއިރާ

ހަސަން ޝިޔާމް - ތޮއްޑޫ ދާއިރާ

އަހުމަދު ވަހީދު - ދިއްދޫ ދާއިރާ

އަހުމަދު ރަޝީދު - ހިތަދޫ މެދު ދާއިރާ

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީން ބޭނުންވިޔަސް ޕީޖީ ހުސައިން ޝަމީމް ނިންމަވާފައި ވަނީ ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ މިހާރު ވަނީ އަނބުރާ އޭސީސީ އަށް ފޮނުވައިފަ އެވެ

ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.

އަދި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.