އައްޑުސިޓީ އިން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވް ވެފައިވަނީ ޑޮކްޓަރަށް ދެއްކި 2 ދިވެހިން ނެވެ.

އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިތަދޫގައި 17 ކޭސް، މަރަދޫ އިން 38 އަދި މަރަދޫ ފޭދޫގައި 4 ކޭސް އެބަހުއްޓެވެ.

އައްޑުސިޓީން 556 ކޭސް މިހާތަނަށް ފެނިފައިވާ އިރު، 495 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެ ސިޓީން މިހާތަނަށް މަރުވެފައިވަނީ 2 މީހުން ނެވެ.