މާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިންގައިިފި އެވެ.

ފުލުހުން ބުނީ ލޮނުޒިޔާރަތްކޮޅުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިރޭ 8:15 ގައި ލިބުނު ކަމަށާ އެ މައުލޫމާތާއި ގުޅިގެން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން ގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.