ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއި) އެވެ.މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތީ ބުދަ ދުވަހު 11:00ގައެވެ.

މެމްބަރު ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެންނެވެ. ޔައުޤޫބް ވަނީ މިހާރު އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މި މައްސަލާގައި ޔައުޤޫބް ވިދާޅުވެފައިވަނީ، ގޮނޑި ގެއްލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ، އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން، އެ ކައުންސިލްގައި އިންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކި ވަޑައިނުގަންނަވާތީ ކަމަށެވެ.

އެ މައްސަލަ އެތައް ދުވަހެއް ވަންދެން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެން ގޮސް ބޭއްވުމަށް ފަހު، އެ ދެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމީ އެ ދެ މެމްބަރުން ޑީއާރުޕީން އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވުމާ އެކުއެވެ.