މާލޭ ސިޓީ ކައުންސިލުން "އަތަމަނަ" ނަމުގައި ހަފުތާއަކު އެއްފަހަރު ޚަބަރު ސިޓީ އަދި މަޖައްލާއެއް ނެރެދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ "އަތަމަނަ" ނަމުގައި ހަފުތާއަކު އެއްފަހަރު ޚަބަރު ސިޓީ އަދި މަޖައްލާއެއް ނެރުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް 11 އޮގަސްޓްގެ 11:00 ގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން ކައުންސިލުން އެދެއެވެ.