މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ގައި އެ ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި އަގު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކުކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް ބަހައްޓާފައި ހުންނަ މެޝިނެކެވެ.

މި ހިދުމަތަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ ހިދުމަތެކެވެ.