މާލޭގެ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހަދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހެދުމާއި ފެނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވާތީ، އަމިއްލަ ތަކެތީގައި މިކަން ކޮށްދިނުމަށް ޝައުގުވެރިވެރިވާ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ބީލަށް ހުށަހަޅަން ޖެހޭނީ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހުގެ ކުރިން ކަމަށެވެ.
މާލޭގައި މިހާރު މަސް ކަނޑަނީ ހަމައެކަނި މަސްމާރުކޭޓުގަ އެވެ. ނަމަވެސް ކެޔޮޅުކަމު ގޮސްފައި އަންނަ އުޅަނދު ފަހަރުން ދެކުނު ފަރާތުގެ ތޮށިގަނޑުމައްޗާއި އިންޑަސްޓްރިއަލް ޒޯން ތޮށިގަނޑު ކައިރީގައި ވެސް މަސް ކަނޑަ އެވެ.