ފުވައްމުލަކުން ރޭ ފަތިހު ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ކެނޑިއްޖެ އެވެ.
ސިޓީން ކަރަންޓް ކެނޑުނީ ހިދުމަތް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށް ފުވައްމުލަކަށް ކަރަންޓާއި ފެން ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ކޮމިއުނިޓީ ވައިބާ ގްރޫޕުގައި ވެ އެވެ.
އެ ފޯމަރުގެ ބަދަލުގައި އާ ފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މައްސަލަ ހައްލުކޮށް އަލުން ހިދުމަތްތައް ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ނަގާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.