އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެދި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދަށް އެޖެންޑާ ކުރުމަށްފަހު، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިނިވަން ހެނދުނު 11:00 އަށް އެޖެންޑާކޮށް އެ މައްސަލަ އޮތީ އެޖެންޑާގެ ދެވަނަ އައިޓަމުގެ ގޮތުގައި އެވެ.

މިއަދުގެ އެޖެންޑާގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ އެކަމުގެ ސަބަބު ސާފު ކުރުމަށް ޕީޖީ އޮފީހާއި، އޭސީސީގެ އިތުރުން ހިޔާނާތް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރު ކޮށްފަ އެވެ.

ނަމަވެސް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ، ކޮމިޓީގެ ވީހާވެސް ގިނަ މެންބަރުން ތިއްބަވައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުށަހެޅުމުން ހަތަރު މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވީ ވެންޓިލޭޓަރު މައްސަލަ އަށެވެ.