ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން މައްސަލަ ހުށަނޭޅޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ކޯޓުގައި މިއަދު ވިދާޅުވުމުން މިމައްސަލަ ކުުރިއަށް ގެންދިއުމުގައި ހުރަހެއް ނެތް ކަމަށް ފަނޑިިޔާރުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޔައުގޫބުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، މަޖިލީހަށް ހާޒިރުވާން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދުނެވެ. ނަމަވެސް މި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅާފައެވެ.
ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޝަރީއަތަށް ހުސަހެޅި މައްސަަލއިގައި ވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބު ހިލާފުވެފައިވާ ކަމަށެވެ.
ނަމަވެސް ޔައުގޫބުގެ ވަކީލުންގެ ޓީމުން ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ތަފާތުތަކެއްވާ ކަމަށާ އެ ތަފާތުތައް އެހެން ހުރުމުން ޔައުގޫބުގެ ގޮނޑި ނުގެއްލޭކަން އެނގޭ ކަމަށެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމާ ގުޅިގެން ނަމަވެސް ޔައުޤޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރުވާން ވަގުތު ދީފަ އެވެ. ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނެ އެވެ.