މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ މިރެއިން ފެށިގެން ބައްލުކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތަކާ ގުޅޭ މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ބައްދަލުވުންތައް ބޭއްވުން ލަސްވީ ސަރުކާރު ބަންދުވުމާއި ބޮޑު ޗުއްޓީއެއް އައުމުން ކަމަށެވެ.

ސިޓީ ކައުންސިލުން މި ބައްދަލުވުންތައް ބާއްވަނީ މާލެ ސިޓީގެ ކޮންމެ އަވަށެއްގައި ވަކިންނެވެ. މިރޭގެ ބައްދަލުވުން، ޚާއްސަ ކުރެވިފައިވަނީ ގަލޮޅުގެ ރައްޔިތުންނަށް ކަމަށާއި، ނަމަވެސް މިބައްދަލުވުމުގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާކަމަށެވެ. މިބައްދަލުވުން އޮންނާނީ ބާއިންޖީނުގޭ ހުރި ބިމުގައި ތަރައްޤީ ކޮށްފައިވާ ޕާކު ތެރޭގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަކިވަކި ދާއިރާތައް ބައްދަލުވުން ބޭއްވި ކަމުގައިވީނަމަވެސް ބޭނުމަކީ ފުޅާދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝަވްރާ ހޯދުންކަމަށް މުއިއްޒު ވިދާޅުވިއެވެ.