ފުވައްމުލަކު ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފިއެވެ.

ފުވައްމުލަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނީ މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އަދި މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފުވައްމުލައް ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 44 މީހުންނެވެ.