އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވާނެ ކަމަށް ފޮރިން މިިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކީ އެޤައުމުގެ ޚާރިޖީ ކަންކަމާއި ގުޅޭގޮތުން ރައީސްއަށް ލަފާއަރުވާ އެންމެ އިސް ބޭފުޅާއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޚާރިޖީ ވަޒީރާއި ދެބޭފުޅުންގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

1992 ވަނަ އަހަރަށް ފަހު އެމެރިކާގެ މަތީ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑާއިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.

އިންޑިޔާ އަށް ކުރައްވާ މިދަތުރުފުޅުގައި ޕޮމްޕެއޯ ރާއްޖެއާ ސްރީލަންކާއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.