ހުޅުމާލޭ ހިޔާ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން އަލުން ފަށައިފި އެވެ.

މެދުކެނޑުމަކަށްފަހު އަލުން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާވަލެއް އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.

އެޗްޑީސީން ބުނީ ސޮއި ކުރުން މެދުކަނޑާލަން ޖެހުމުން އެއްކޮށް މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު އަންނާނެ ކަމަށެވެ.

އެގޮތުން މިއަދު އަލުން ފަށައިގެން މިހާރު ތާވަލު ކުރެވިފައިވާ ގޮތުން ފްލެޓު އެއްބަސްވުންތަކުގައި ސޮއި ކޮށް ނިމޭނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އެޗްޑީސީން ބުނީ އެޗްޕީއޭގެ ލަފާގެ މަތިން އަލުން ސޮއި ކުރުން ފަށާއިރު އެއްބަސްވުމުގައި ސޮއި ކުުރާނެ ގަލަމާއި އިނގިލީގެ ނިޝާން ޖަހަން “އިންކް ޕެޑް” ގެންދަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.