ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންނަށް ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސްބފައިސަލް ނަސީމް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން މިދާ ޒުވާނުންގެ ދުވަހުގެ ތަޙްނިޔާ ދަންނަވައި، ކުރެއްވި ޓްވީޓެއްގައެވެ. ނައިބުރައީށް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމަށާ ޒުވާން އުމުރަކީ މުސްތަޤްބަލް ބިނާ ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަަމަށެވެ.

މިދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

އަދި ޤައުމުގެ މުސްތަޤުބަލު ބަށްޓަންކުރާނީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުޞަތުދީ ޒުވާނުންގެ ބަސް ހިމަނައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.