ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑީއޯ އާންމުކޮށް ފުލުހުން ބުނީ 2021 ފެބްރުއަރީ 20 ވަނަ ދުވަހުގެ 12:15 އެހާކަންހާއިރު މ. ނައިންހައުސް ގެއިން ސޭފްޓީ ދަލާއި މާކަރީ ލައިޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

ވީމާ މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 479616 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.