ޤައުމު ހެޔޮ މިސްރާބަށް ގެންދިއުމުގައި އެންމެ އިސް ބަޔަކީ ޒުވާނުންކަމަށާ ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރާނީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުޞަތުދީ ޒުވާނުންގެ ބަސް ހިމަނައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް މުހިންމުކަމަށާ އެފުރުޞަތު ޒުވާނުންނަށް ދެއްވާނެކަމަށެވެ.

ސަރުކާރުން ޒުވާނުން ބިނާ ކުރުމަށް ގިނަ ޙަރަދުތަކެއް ކުރަމުންދާ އިރު ޒުވާނުންނަށް ހިލޭ ޑިގްރީ ކިޔެވުމާ ޒުވާނުން ކުރިއަށްދާނެ މަގުތައް ސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ.