ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ނިންމުމާއި ގުޅިގެން ކޮމިޓީން ބަލަމުންދާ މައްސަލަ މިމަހުގެ ނިޔަލަށް ނިންމުމަށް ޖުޑީޝަލް ކޮމިޓީން ފާސްކޮށްފިއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމަށް މަޖިލީހުންދަނީ މަސައްކަތް ކުރަމުންނެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ގެއްލުނު ފައިސާ ލިބެންދެން ވެންޓިލޭޓަރު މައްސަލައިގެ ތަޚުޤީގައް މަޖިލީހުން ފާރަވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިމައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާ އެކޮމިޓީގެ ބައްދަލުވުމެއް ބާއްވާ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި އަންނަ ހަފްތާގެ ދުވަހެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްކޮމިޓީން ނިންމާފައިވެއެވެ.