ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 އިން 13 އަށް ރާއްޖޭގައި ބޭއްވުމަށް ސާފްގެ އެގްޒެކްޓިވް ކޮމެޓީއިން މީގެ ކުޑަ އިރުކޮޅެއް ކުރިން ނިންމައިފިއެވެ.
މުބާރާތް ބޭއްވުމުގެ ފުރުސަތު ހޯދުމަށް ރާއްޖޭގެ އިތުރުން ބިޑް ކުރީ ނޭޕާލުންނެވެ. އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2018 ވަނަ އަހަރު ނޭޕާލުގައެވެ. އެފަހަރު އިންޑިޔާ 1-2 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރާއްޖެއިންނެވެ. އޭގެ ކުރިން 2008 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އިންޑިޔާ ބަލިކޮށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންމެފަހުން ބޭއްވި ކޮންގްރެސްގައި މިއަހަރު ހާސިލް ކުރުމަށް ކަނޑައެޅި މައިގަނޑު އެންމެ ބޮޑު އަމާޒަކީވެސް މިއަހަރުގެ ސާފް ޗެމްޕިއަންކަންކަން ދިފާއު ކުރުމެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް މިހާތަނަށް ނިންމާފައިވާ ގައުމުތަކީ ރާއްޖޭގެ އިތުރުން އިންޑިޔާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ. ބޫޓާނުން ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ހަމާކޮށްފައިވާއިރު ސަރަހައްދީ ކުރީގެ ގަދަ ބާރު ޕާކިސްތާނު އޮތީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ....