އޯޒޯން ލައިފް މާންދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި 4 މީހަކަށް އަނިޔާވެގެން މާލެ ގެންނަކަމަށް ރިސޯޓުން ބުނެފައިވާ ކަމަށެވެ.

އަލިފާން ރޯވާން މެދުވެރިވީ ޕެޓްރޯލު ފީފާއެއްގައި ރޯވެގެން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އަނިޔާވީ ބައެއް މީހުން މާލެގެނެސް އެމްބިއުލާންސަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެވީޑިއޯއިން 2 މީހުނަށްވުރެ ގިނަ ބަޔަކު އެމްބިއުލާންސައް އަރުވާ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފުން ބުނީ ރިސޯޓުގެ މުވައްޒަފުން އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.