ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ.އަތޮޅު) ގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މި މަހުގެ 7 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

މި މައްސަލަ ދަނީ ފުލުހުން ތަހްގީގް ކުރަމުންނެވެ.